ނިލަންދޫ ބަނދަރުގައި ޖެހުމަށް ހައުސިންގ މިނިސްޓްރީ އިން ދެއްވި 50 ޕެލެޓް ގައު ނިލަންދުއަށް ގެނެސްފި

ނިލަންދޫ ކައުންސިލްގެ އެދުމުގެ މަތިން ހައުސިންގ މިނިސްޓްރީއިން ނިލަންދޫ ބަނދަރުގައި ޖެހުމަށް ދެއްވުމަށް ހަމަޖެހުނު 200 ޕެލެޓް ގަލުގެ ތެރެއިން 50 ޕެލެޓް ގާ ނިލަންދުއަށް ގެނެސް ބޭލުމުގެ މަސައްކަތް 2017 ޖެނުއަރީ 07 ވީ އާދީއްތަ ދުވަހު ނިލަންދޫ ރައްޔިތުން ކޮށްފިއެވެ. މި ގައު ހައުސިންގ މިނިސްޓްރީ އިން ހޯއްދަވައި ދެއްވުމުގެ އިތުރުން ރަށަށް ފޮނުވައި ދެއްވުމަށް ނިލަންދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރ ޑރ. ޢަބްދުﷲ ޚަލީލު ކޮށްދެއްވި މަސައްކަތްޕުޅު ފާހަގަކުރަމެވެ.