މުދައްރިސުންގެ ދުވަހުގެ މުނާސަބާތުގައި ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މުދައްރިސުންނަށް ދެއްވި ޚާއްސަ ފަރިއްކޮޅު

މުދައްރިސުންގެ ދުވަހގެ މުނާސަބާތުގައި، ބެލެނިވެރިންގެ ފަރާތުން ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މުދައްރިސުންނަށް ރޭގަނޑުގެ ޚާއްސަ ފަރިއްކޮޅެއް ދެއްވާފިއެވެ. މިޙަފްލާގައި، ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މުދައްރިސުންނަށް، ނިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ހަނދާނީ ފިލައެއް އަރުވާފައިވެއެވެ. އަދި ނިލަންދޫ ކައުންސިލްގެ ފަރާތުން ކޮންމެ މުދައްރިސަކަށް ބޯފެން އަޅަން ބިއްލޫރި ފުޅިއެއްގެ އިތުރުން، ސްކޫލަށް ފެން ފިލްޓަރެއްވެސް ހަދިޔާކޮށްފައިވެއެވެ.