ޢުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކޮށްފި

ނިލަންދޫ ކައުންސިލާއި ފ. އަތޮޅު ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުން ގުޅިގެން ޢުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެފަރާތްތަކަށް ހާއްސަކޮށް ޙަފްލާއެއް ކުރިއަށް ގެންގޮސްފިއެވެ. މިޙަފްލާ ކުރިއަށް ގެންގޮސްފައިވަނީ 2019 އޮކްޓޫބަރު 01 ވީ އަންގާރަ ދުވަހުގެ ހަވީރު 04:20 ގައި ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގައެވެ.