އަންހެނުންގެ ދުވަސް ފާހަގަކުރުމުގެގޮތުން ޙާއްޞަ ވޮލީ މެޗެއް ބާއްވައިފި.

2019 ވަނަ އަހަރުގެ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެގޮތުން ފ. ނިލަންދޫ ކައުންސިލްގެ އިދާރާއި ނިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން 2019 މާރިޗް 02 ވީ ހޮނިހިރު ދުވަހު ހަވީރު ފ. ނިލަންދޫ އަންހެނުންގެ ވޮލީ ޓީމާއި ފ. މަގޫދޫ އަންހެނުންގެ ވޮލީ ޓީމްގެ ދެމެދުގައި އެކުވަރިކަމުގެ ވޮލީ މެޗެއް ބާއްވާފިއެވެ.

މި މެޗު 3 ސެޓު 0 ސެޓުން ކާމިޔާބުކޮށްފައިވަނީ ފ. މަގޫދޫގެ ވޮލީ ޓީމުންނެވެ.