2019 ވަނަ އަހަރުގެ ލޯކަލް ކައުންސިލްތަކުގެ ޕާފޯމަންސް އެޕްރައިޒަލްއާއި ގުޅޭ

2019 ވަނަ އަހަރުގައި ހުރިހާ ގޮތަކުން އެންމެ ރަނގަޅު ކައުންސިލަކަށް ފ. ނިލަންދޫ ކައުންސިލްގެ އިދާރާ ވަނީ ހޮވިފައެވެ. މިގޮތުން ކައުންސިލްތަކުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ގޮތުން ލޯކަލް ގަވަރމަންޓް އޮތޯރިޓީން ބައްލަވާ 05 ކެޓަގަރީގެ ތެރެއިން ސެކިއުރިޓީ ފިޔަވައި އެހެން ހުރިހާ ކެޓަގަރީތަކަކުން، ނިލަންދޫ ކައުންސިލް ވަނީ އެއްވަނަ ހޯދާފައެވެ.

ކައުންސިލްތަކުގެ ރޭންކިންގ 2019 ގައި ފ. ނިލަންދޫ ކައުންސިލުން ހޯދި ފަޚުރުވެރި ކާމިޔާބީތަކަށްޓަކައި މާތް الله ސުބުޙާނަހޫ ވަތަޢާލާއަށް ޙަމްދާ ޝުކުރު ދަންނަވަމެވެ. އަދި މި ކާމިޔާބީ ޙާޞިލްކުރުމުގައި ކައުންސިލް އިދާރާގެ ހުރިހާ މުވައްޒަފުންނާއި ރަށުގެ ލޮބުވެތި ރައްޔިތުންގެ ފަރާތުން އަދި ރަށުގައިހުރި ސަރުކާރުގެ މުއައްސަސާތަކުން ވެދެއްވި އެހީތެރިކަމާއި ލިބުނު އެއްބާރުލުން ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު ދަންނަވަމަވެ.
މި އުފާވެރި ވަގުތު ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ކަމުގައިވާ ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކައުންސިލްތައް ބާރުވެރިކޮށް ލާމަރުކަޒީ ނިޒާމް ހަރުދަނާ ކުރުމަށް ތިޔަ ކުރައްވާ މަސައްކަތުގެ އަގު ވަޒަންކޮށް ޝުކުރު ދަންނަވަމެވެ.