އިޢުލާނު

ނަމްބަރު: (IUL)374-A/374/2020/21

 

އިޢުލާނު

ޤާނޫނު ނަމްބަރު: 07/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 151 ވަނަ މާއްދާއިން ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން ، ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ މަޝްވަރާއާއިއެކު، ކައުންސިލުން އެކުލަވާލައި 4 އޮގަސްޓް 2014 ގައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށް، ޤާނޫނީ ބާރު ލިބިފައިވާ، މި ދަންނަވާ 2 ޤަވާޢިދު ނަގަހައްޓައި ހިންގުމަށްޓަކައި ކައުންސިލުން އެކުލަވާލި 2 އުޞޫލުގެ ކައުންސިލްގެ، 2020 ވަނަ އަހަރުގެ 6 ވަނަ ޖަލްސާއިން ފާސްކޮށް، މި އިޢުލާނާއެކު ޢާއްމުކުރަމެވެ.

  1. ނަމްބަރު: 2014/R-93 “ރަށުގައި ޖަނަވާރާއި ދޫނި ސޫފާސޫފި ގެންގުޅުމާބެހޭ ޤަވާޢިދު” ނަގަހައްޓައި ހިންގުމަށްޓަކައި، އެ ޤަވާޢިދުގެ 14 (ސާދަ) ވަނަ މާއްދާގައިވާ ގޮތުގެމަތިން އެކުލަވާލި އުޞޫލު.
  2. ނަމްބަރު: 2014/R-96 “ލައުޑްސްޕީކަރު ބޭނުންކުރުމާއި އަޑުގަދަކޮށް ލަވަޖެހުމާބެހޭ ޤަވާޢިދު” ގެ 8 (އަށެއް) ވަނަ މާއްދާގައިވާ ގޮތުގެމަތިން އެ ޤަވާޢިދު ނަގަހައްޓައި ހިންގުމަށްޓަކައި އެކުލަވާލި އުޞޫލު.

ވީމާ، މި 2 އުޞޫލު މިއަދުން ފެށިގެން ތަންފީޒުކުރާނެ ވާހަކަ ދަންނަވަމެވެ.

18 ޖުމާދަލްއާޚިރާ 1441

12 ފެބުރުވަރީ   2020

 

ރަށުގައި ޖަނަވާރާއި ދޫނި ސޫފާސޫފި ގެންގުޅުމާބެހޭ ޤަވާޢިދު

ލައުޑްސްޕީކަރު ބޭނުންކުރުމާއި އަޑުގަދަކޮށް ލަވަޖެހުމާބެހޭ ޤަވާޢިދު