ނިލަންދޫ މަގުހެދުމުގެ މަސައްކަތް ފަށައިފި

ގިނަ ބައެއްގެ އެހީތެރިކަމާއިއެކު ނިލަންދޫގެ މަގު ހެދުމުގެ މަސައްކަތް މިދިޔަ އާދީއްތަ ދުވަހު ފަށައިފިއެވެ. މި މަސައްކަތަކީ ކައުންސިލުން ޚަރަދުކޮށްގެން ޑޭލައިޓް ކްލަބުގެ އެހީއައިއެކު ކުރާ މަސައްކަތެކެވެ. މި ކަމުގައި އެސްޖެހި ޢަބްދުއްރައްޒާޤު އާއި އިބްރާހީމް ޚަލީލްގެ އިތުރުން ޢަބްދުލް ޤާދިރު މުޙައްމަދުގެ އެއްބާރުލުން ލިބިފައިވާކަން ފާހަގަކުރަމެވެ. އަދި މިކަމުގައި އެއްބާރުލުން ދެއްވި ހުރިހާ ފަރާތްތަކަށް ކައުންސިލްގެ ފަރާތުން ޝުކުރު ދަންނަވަމެވެ.