“އެންމެ ފުރަތަމަ ނަފްސު އިސްލާޙުކުރުން” މި ނަމުގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފި

ރަނގަޅު މުޖްތަމައެއް ބިނާކުރުމަށް “އެންމެ ފުރަތަމަ ނަފްސު އިސްލާޙުކުރުން” މި ނަމުގައި މަޢުލޫމާތިދިނުމުގެ ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުމަކީ ފ. ނިލަންދޫ ކައުންސިލާއި ފ. އަތޮޅު ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ އާއި ނިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ގުޅިގެން ކުރިއަށް ގެންދާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުމުކެވެ. ބައްދަލުވުމުގައި މަޢުލޫމާތު ދެއްވަފައިވަނީ ޑރ. މުޙައްމަދު ފައިޞަލް އެވެ.