ނިލަންދޫ ކައުންސިލް އިދާރާ މަރާމާތު ކުރަން ބޭނުންވެއްޖެ.

ނަމްބަރު:  (IUL)374-C/374/2019/44

އިޢުލާނު

ނިލަންދޫ ކައުންސިލް އިދާރާ މަރާމާތު ކުރަން ބޭނުންވެއްޖެ.

މިކައުންސިލް އިދާރާގެ މިދަންނަވާ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

  • ކައުންސިލް އިދާގެ ފާރުތަކުގައި ސިމެންތިކޮށައި ސިމެންތިޖެހުން.
  • ސިމެންތި ކޮށި ފާރުތަކުގައި ސިމެންތި ޖެހުން.
  • މުޅި ޢިމާރާތުގެ ފާރުތަކުގައި ކުލަލުން.
  • ދޮރާއި ދޮރުފަތްތަކުގައި ދަވާދުލުން.
  • އިންފާރުގައި ތަނބުޖަހައި، މަތީބެރި އަޅައި ކުލަލުން.
  • އޮފީސްގޯތީ ގުދަން މަރާމާތު ކުރުން.
  • އޮފީސް ޢިމާރާތަށް ޖާގަ އިތުރުކުރުން.

މިމަސައްކަތްތަކުގެ ތަފުސީލު، މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. މަޢުލޫމާތު ކަރުދާސް މިއިދާރާގެ ކައުންޓަރުންނާއި، ފޭސްބުކް ޕޭޖުންނާއި، ވެބްސައިޓުން ލިބެން ހުންނާނެއެވެ. މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރައްވަން ބޭނުންފުޅުވާ ބޭފުޅުން 2019 މެއި 12 ވަނަ ދުވަހުން ފެށިގެން ރަސްމީ ގަޑިގައި މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ކަރުދާސް ނެންގެވުން އެދެމެވެ. މިއިޢުލާނާއި ގުޅިގެން ބާއްވާ ޕްރީބިޑް މީޓީން 2019 މެއި 22 ވަނަ ދުވަހުގެ 11:00 ގައި މިއިދާރާގައި އޮންނާނެއެވެ.

މަޢުލޫމާތު ސާފުކުރާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ކުންފުނި ނުވަތަ އިންވެސްޓްމަންޓް އަދި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީގެ ކޮޕީ ކައުންސިލްގެ މެއިލް  fnilandhoo@live.com ނުވަތަ  info@faafnilandhoo.gov.mv  އަށް ފޮނުވަންވާނެއެވެ.

ވީމާ، 2019 މެއި 28 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ ނަމޫނާއާއި އެއްގޮތަށެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމުގެ ނަމޫނާ މިއިދާރާގެ ވެބްސައިޓުން www.fncl.gov.mv ޑައުންލޯޑު ކުރެއްވޭނެއެވެ.

ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. އަންދާސީ ހިސާބު އޮންނަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި “ފ. ނިލަންދޫ ކައުންސިލް އިދާރާ މަރާމާތު ކޮށްދިނުންއެދި” މިހެން ލިޔެފައި އޮންނަންވާނެއެވެ.

ނޯޓު: އަންދާސީ ހިސާބު ހުށަހެޅުއްވަން ހަމަޖައްސާފައިވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވާނަމަ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޖެހިގެން އަންނަ ރަސްމީ ދުވަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ހަމަޖެހިފައިވާ ގަޑީގައެވެ.

08 ރަމަޟާން 1440

13   މެއި  2019

 

މަޢުލޫމާތު ކަރުދާހާއި އަންދާސީ ހިސާބު ހުށަހަޅާ ފޯމް