ނިލަންދޫ ކުޑަކުދިންގެ ޕާކު ތަރައްޤީ ކުރުމަށް ބޭނުންވާ ބައެއް ތަކެތި މިއިދާރާއަށް ގަންނަން ބޭނުންވެއްޖެ.

ނަމްބަރު:  (IUL)374-C/374/2019/43

އިޢުލާނު

ނިލަންދޫ ކުޑަކުދިންގެ ޕާކު ތަރައްޤީ ކުރުމަށް ބޭނުންވާ ބައެއް ތަކެތި މިއިދާރާއަށް ގަންނަން ބޭނުންވެއްޖެ.

މިއިދާރާގެ ނަންބަރު: (IUL)374-C/374/2019/20 (10 މާރިޗް 2019) އިޢުލާނާއި ގުޅިގެން ކަނޑައެޅިފައިވާ ޢަދަދަށް އަންދާސީ ހިސާބު ލިބިފައިނުވާތީ، އެއިޢުލާނު ބާޠިލްކޮށް، ފ. ނިލަންދޫ ކުޑަކުދިންގެ ޕާކުގައި ބެހެއްޓުމަށް ބޭނުންވާ ބައެއް ތަކެތި މިއިދާރާއަށް ގަންނަންއެދި އަލުން އިޢުލާނު ކުރަމެވެ.

މިތަކެތީގެ ތަފުސީލު، މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. މަޢުލޫމާތު ކަރުދާސް މިއިދާރާގެ ކައުންޓަރުންނާއި، ފޭސްބުކް ޕޭޖުންނާއި، ވެބްސައިޓުން ލިބެން ހުންނާނެއެވެ. މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރައްވަން ބޭނުންފުޅުވާ ބޭފުޅުން 2019 މެއި 02 ވަނަ ދުވަހުން ފެށިގެން ރަސްމީ ގަޑިގައި މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ކަރުދާސް ނެންގެވުން އެދެމެވެ.  މިއިޢުލާނާއި ގުޅިގެން ބާއްވާ ޕްރީބިޑް މީޓީން 2019 މެއި 14 ވަނަ ދުވަހުގެ 11:00 ގައި މިއިދާރާގައި އޮންނާނެއެވެ.

މިތަކެތި ވިއްކުމަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަދި މިތަކެތި ވިއްކުމަށް އެދި ހުށަހަޅާ ފަރާތްތަކަކީ ޖީ.އެސް.ޓީއަށް ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކެއް ކަމުގައި ވާންވާނެއެވެ. މަޢުލޫމާތު ސާފުކުރާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ކުންފުނި ނުވަތަ އިންވެސްޓްމަންޓް އަދި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީގެ ކޮޕީ ކައުންސިލްގެ މެއިލް  fnilandhoo@live.com ނުވަތަ  info@faafnilandhoo.gov.mv  އަށް ފޮނުވަންވާނެއެވެ.

ވީމާ، 2019 މެއި 20 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ ނަމޫނާއާއި އެއްގޮތަށެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމުގެ ނަމޫނާ މިއިދާރާގެ ވެބްސައިޓުން www.fncl.gov.mv ޑައުންލޯޑު ކުރެއްވޭނެއެވެ.

ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. އަންދާސީ ހިސާބު އޮންނަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި “ފ. ނިލަންދޫ ކުޑަކުދިންގެ ޕާކް އިތުރަށް ތަރައްޤީ ކުރުމަށް ބޭނުންވާ ބައެއް ތަކެތި މިއިދާރާއަށް ވިއްކުންއެދި” މިހެން ލިޔެފައި އޮންނަންވާނެއެވެ.

ނޯޓު: އަންދާސީ ހިސާބު ހުށަހެޅުއްވަން ހަމަޖައްސާފައިވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވާނަމަ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޖެހިގެން އަންނަ ރަސްމީ ދުވަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ހަމަޖެހިފައިވާ ގަޑީގައެވެ.

25 ޝަޢުބާން 1440

30 އެޕްރީލް  2019

މަޢުލޫމާތު ކަރުދާހާއި އަންދާސީ ހިސާބު ހުށަހަޅާ ފޯމް